ދިވެހިރާއްޖެ
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި، މި އަހަރުގެ ޖޫން މަހުގެ 11-16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގައި، އެހެން އަހަރުތަކެކޭ އެއްފަދައިން، ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު، ހުޅުވިފައިވާކަމުގެ މައުލޫމާތު، ޗައިނާ ސަރުކާރުން މި މިނިސްޓްރީ އާ ހިއްސާކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ އިން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައިވެއެވެ.
ސީ.އެސް.އޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާ އެކްސްޕޯ އެއްކަން ފާހަގަ ކުރަމެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ތަފާތު އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ޕްރޮޑަކްޓް ލޯންޗް ސެރެމަނީ، ޕްރޮކިއުމަންޓް މެޗްމޭކިންގ ބައްދަލުވުންތައް، އަދި ފުޑް ކާނިވަލް ފަދަ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެއެވެ. އެހެންކަމުން، މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ، ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް އިޝްތިހާރުކޮށް، މާރކެޓްކުރުމަށް ލިބޭ މުހިއްމު ފުރުޞަތެކެވެ.
މި އެކްސްޕޯގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އީމެއިލްކުރެއްވުން އެދި ދެންނެވީމެވެ.
10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެވޭނީ، ދިވެހިރާއްޖެއަށް އެކްސްޕޯއިން ބޫތް ލިބޭ މިންވަރަށް ބަލާފާކަމުގައިކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.
