މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ސާފުކުރުމަށް ބޭނުންވެއްޖެއެވެ.

އިޢުލާން

 

            މިއިދާރާގެ ނަންބަރު: (IUL)298/298/2026/14 (29 މާރިޗް 2026) އިޢުލާނަށް، ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެފުރުޞަތު ހުޅުވާލަމެވެ.

ރ.އަލިފުށީ ބޮޑުތަކުރުފާނުމަގުގެ އުތުރުން،  ކޮއިގޯތިމަގުގެ ހުޅަނގުން، އަލިފުށި ޑިވެލޮޕްމަންޓް ސޮސައިޓީ (އޭޑީއެސް) އަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިރުން، އޮތް ބިމުން 10000އަކަފޫޓް ބިން ސާފުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އެޕްރީލް 22ވާ ބުދަ ދުވަހުގެ 11:00ށް އިދާރާއަށް ޚާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 އަދި 19/2014ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ރަސްމީ ދުވަސްތަކުގައި ލިބެންހުންނާއެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

13 އޭޕްރިލް 2026
ހޯދާ