ދިވެހިރާއްޖެ
2016 ވަނަ އަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2016 ވަނައަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-184/IUL/2015/27ފ(30 ނޮވެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި ހުށަހަޅާފައިވާ ބިޑްތަކުގައި ބޭނުންވާ ބައެއް މަޢުލޫމާތު ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވަނަދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.
09 ރަބީޢުލްއައްވަލް 1437