ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ މައުޛޫނުން ހޯދުމާއި ގުޅޭ.

ޝަރުޢީ މައުޛޫނުން ހޯދުމާއި ގުޅޭ.

 

މިކޯޓުގެ ޝަރުޢީ މައުޛޫނުންގެ މިހާރު އޮތް ދަފްތަރު އުވާލައި އައު ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މިދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މިކޯޓަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

އެލަވަންސް:

ޢަޤުދުކޮށްދޭ ކޮންމެ ކާވެންޏަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-        ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމަށް އެދޭ ސިޓީ

-        ވަނަވަރު (ސީވީ)

-        ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-        ޝަރުޢީ މައުޛޫނުކަމުގެ ހުއްދައިގެ ކޮޕީ

-        ރެކޯޑް ސާފުކޮށްފައިވާ "ކުށާއި ދަރަނީގެ ރެކޯޑު ބަލާ ފޯމް" (ހަމައެކަނި ކުށުގެ ރެކޯޑް) - ރެކޯޑް ބަލަންވާނީ އުމުރަށް

 

ލިޔުންތައް ހުށަހަޅަންވާ ގޮތާއި ތާރީޚް:

މިކަމަށް އެދޭ ފަރާތްތަކުން 07 މެއި 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

13 އޭޕްރިލް 2026
ހޯދާ