މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕް 2026 ސެލެކްޝަންގައި ބައިވެރުމަށް ހުޅުވާލުން

ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ބައިވެރިވާ ޓީމުު ހޮވުމަށް ބާއްވާ ސެލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. 

ކޮމޮންވެލްތް ޗެސް ޗެމްޕިއަންޝިޕް 2026 ކުޅުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކަލުތަރާ ގައެވެ .އަދި ކޮމަންވެލްތު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ  16 މޭ 2026 އިން 26 މޭ 2026  އެވެ. އޮފިޝަލް ކުޅުންތެރިންނާއި އެޑިޝަނަލް ކުޅުންތެރިންނާއި، އެކޮމްޕެނީއިންނާއި ، އަދި އޮފިޝަލުން ހިމެނޭހެން ރާއްޖެ ޓީމް އެއްކޮށް ތިބުމަށް ހަމަޖެހިފައިވާނީ ކޮމަންވެލްތްގެ އޮގަނައިޒާރ ގެ ފަރާތުން ހަމަޖައްސަވާ ހޮޓަލެއްގައެވެ.

 

ރާއްޖެ ޓީމު ހޮވުމަށް ބާއްވާ ސެލެކްޝަންގައި ބައިވެރިވުމުގެ ސުންގަޑި: 15 އޭޕްރިލް 2026 ، 23:59

ރާއްޖެ ޓީމު ހޮވުމަށް ބާއްވާ ސެލެކްޝަންގެ އޮގަނައިޒަރަކީ އާދަމް ނާސިހް  އަދި ކޮމޮންވެލްތް ސެލެކްޝަންގެ ޗީފް އާރބިޓަރަކަށް ހުންނަވާނީ މުޙައްމަދު ޝަމްރޫހް އެވެ.

ސެލެކްޝަން ފަށާނެ ތާރީޚް އަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ ރޭގައެވެ.

 

ސެލެކްޝަންގައި ބައިވެރިވުމުގެ ފީ : 500 ރުފިޔާ 

މި ސެލެކްޝަން ކުރިއަށް ދާނީ ކްލެސިކް ފޯމެޓަށެވެ. 

ސެލެކްޝަންގައި ބައިވެރިވުމަށް އެދޭ ފޯމު: https://docs.google.com/forms/d/1Ka84827krEsyqljOcIki-twm7A5PLSx8OqpOmL17FAo/edit 

އިތުރު މައުލޫމާތު ހޯދުމަށް 7967840 އަށް ގުޅުއްވާ. ނުވަތަ [email protected]   އަށް މެއިލް ކުރައްވާ.

12 އޭޕްރިލް 2026
ހޯދާ