ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ރީޖަނަލް ކޮލިފަޔަރސްގެ ނޯތު ރީޖަން ޒޯން 1 ގެ "ޓީމް ހަނިމާދޫ" ކުޅޭ މެޗްތަކުގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ނަންބަރު:  258/258/2026/18(IUL)                           

އިޢުލާން

އެފް.އޭ.އެމް ރީޖަނަލް ކޮލިފަޔަރސްގެ ނޯތު ރީޖަން ޒޯން 1 ގެ "ޓީމް ހަނިމާދޫ" ކުޅޭ މެޗްތަކުގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އެފް.އޭ.އެމް ރީޖަނަލް ކޮލިފަޔަރސްގެ ނޯތު ރީޖަން ޒޯން 1 ގެ  "ޓީމް ހަނިމާދޫ" ކުޅޭ މެޗްތަކުގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލްއަށް އެޑްރެސްކުރައްވާ ކޯޓޭޝަން ޙުށަހެޅުންވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ އީމެއިލް ކުރާނީ [email protected])) އަށެވެ.. ކޯޓޭޝަން ފޮނުވުމުގެ އެންމެ ފަހުގެ ތާރީޙަކީ 15 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ނެވެ. ކޯޓޭޝަން ހުށައަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަންދެއްވުން އެދެމެވެ.

  1. މި މުބާރާތުގެ ޝެޑިއުލް މި އިއުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
  2. މުބާރާތް ހޮސްޓުކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫގައެވެ.
  3. ކޯޓޭޝަން ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  4. ކޯޓޭޝަން ހުށައަޅާއިރު މުޅި މުބާރާތުގައި ކުރާ 3 ދަތުރުގެ (ފައިނަލް އާއިއެކު) އަގު ހުށައެޅުން އެދެމެވެ.
  5. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

ފޯން: 7963500

އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 24 ޝައްވާލް 1447

                 12 އޭޕްރިލް 2026

12 އޭޕްރިލް 2026
ހޯދާ