މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓްގެ ޝަރީޢަތްކުރާބައިގެ އޭސީ އިންސްޓޯލްކުރުން.

މިކޯޓްގެ ޝަރީޢަތްކުރާ ރޫމްގައި ހަލާކުވެފައިހުރި އެއަރކޮންޑިސަން ނެގުމަށްފަހު އައު އެއަރކޮންޑިޝަން އިންސްޓޯލްކުރަންބޭނުންވެއެވެ. ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހު  11:00 އަށް ބ.މާޅޮހު މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 23 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

12 އޭޕްރިލް 2026
ހޯދާ