ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

 ރިލީފް ޓީޗަރ (ޕްރައިމަރީ)

 ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އޮތް އޮފީސް: ދ. އަތޮޅު ތަޢުލީމީ މަރުކަޒު

 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  އެކަޑެމިކް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދ. އަތޮޅު ތަޢުލީމީ މަރުކަޒު، ދ. ކުޑަހުވަދޫ

ވަޒީފާގެ ގިންތި: ކޮންޓްރެކްޓް (ދާއިމީ މަޤާމަށް މީހަކު ލިބެންދެން ނުވަތަ 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް.)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރައިމަރީ ކުލާސްތަކަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކިޔަވައިދިނުމަށް ބޭނުންވާ ސްކީމް ތައްޔާރުކުރުމާއި، އިމްތިޙާނުތައް ތައްޔާރުކުރުމާއި، ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

- ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މަޤާމުގެ މަޢުލޫމާތު:

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

4000/-

-/1،500

މަޤާމުގެ   މަސައްކަތްކުރުމުގެ  ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ކިޔަވައިދިނުމުގެ  ދާއިރާއިން  ސެޓިފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465/-

-/1،500

މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ކިޔަވައިދިނުމުގެ  ރޮނގުން  ސެޓިފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5020/-

-/2،500

ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

5610/-

-/2،500

ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

7035/-

-/2،500

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއުކޮށްގެން.
  4. މީގެ އިތުރުން، ކޮމްޕިއުޓަރަށް / އައި. ސީ. ޓީ. އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

އިންޓަވިއު ކުރުން:

  1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
  2. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

  1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައްކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ  7952914 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

10 ރަބީޢުލްއައްޥަލް 1437

21 ޑިސެންބަރު 2015
ހޯދާ