ދިވެހިރާއްޖެ
ތުލުސްދޫ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން
މިއިދާރާގެ ނަންބަރު IUL)333/333/2015/81) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސުރުޚީގައި އެވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، ތިރީގައިމިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެދަށުން، މިރަށުގައި ޤާއިމުކުރާ ފުޓްސަލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ގެންގުޅޭ މިންގަނޑަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކަރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
09 ރަބީޢުލްއައްވަލް 1437