ދިވެހިރާއްޖެ
މި އޮތޯރިޓީން 17 ޖަނަވަރީ 2016 ން 20 ޖަނަވަރީ 2016 އަށް (ޖުމްލަ 4 ދުވަހަށް) ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓްރެއިނިންގހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހޯލާބެހޭ މަޢުލޫމާތު
- ތަމްރީނު ޕްރޮގްރާމް ހިންގަންހަމަޖެހިފައިވާ ދުވަސްތައް: 17 ޖަނަވަރީ 2016 އިން 20 ޖަނަވަރީ 2016 (4 ދުވަސް)
- ވަގުތު: 8:00 އިން 16:00 އަށް (8 ގަޑިއިރަށް.) (4 ދުވަހު)
- 2 މައިކު އަދި ސައުންޑް ސިސްޓަމާއެކު، ޕްރޮޖެކްޓަރ، ލެޕްޓޮޕް އަދި ސްކްރީން ހުންނަންވާނެއެވެ.
- 30 މީހުންނަށް އެކޮމަޑޭޓްކުރެވޭވަރަށް މޭޒާއި ގޮނޑި ހުންނަންވާނެއެވެ.
- ބައިވެރިންގެ އަދަދު: 30 މީހުން.
ކޭޓަރިންގ:
- 4 ދުވަހުގެ ހެނދުނުގެ ސައި، 9 ގަޑީގެ ކޮފީ، މެންދުރުގެ ކެއުން އަދި ހަވީރުސައި 30 މީހުންނަށް ސަރވިސްއާއެކު.
ޕްރޮޕޯޒަލް/އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:
- 4 ދުވަހަށް ހޯލާއި ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެވޭނެ އަގު (މަތީގައިވާ ދުވަސްތަކަށް ހޯލް ކޮންފޮމޭޝަނާއެކު)
- އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
- މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް
ނޯޓް: 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަން (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected] އީމެއިލަށް ފޮނުވައި، އަންދާސީހިސާބު ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
09 ރަބީޢުލްއައްވަލް 1437