ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ކުދިންނަށް 1 ފާޚާނާ އިމާރާތްކުރުން

މި ސްކޫލުގައި ޕްރީސްކޫލް ކުދިންނަށް 1 ފާޚާނާ އިމާރާތްކުރުން

މި ސްކޫލުގައި ކުޑަކުދިންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް 1 ފާޚާނާ ހެދުމުގެ މަސަތްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް 25 އޮކްޓޫބަރު 2015 ވަނަދުވަހު ކުރެވުނު (ނަންބަރު: GS64/2015/I/23) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ދުރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޒިރުވާނަމަ، އެފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

21 ޑިސެންބަރު 2015
ހޯދާ