ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީގެ ދަށުން ސ.ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް 02 އަހަރުދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވުމަށްފަހު 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ.ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
10 ރަބީޢުލްއައްވަލް 1437