މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން

މިމަދަރުސާގެ އިޢުލާން ނަންބަރ GS-82/2015/30ފ(30 ނޮވެންބަރު 2015) ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެމެވެ.

މިމަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަންވަނީ ބޭނުންވެފައެވެ.

1. ކޮމްޕިއުޓަރ ލެބުގެ އަސްކެނީގެ ސީލިންގ މަރާމާތުކުރުން.

2. އިމާރާތާއި ފާރުގައި ކުލައާއި ދަވާދުލުން

3. ބްލޮކް 2ގެ ކްލާސްރޫމުގެ ޓިނު ބަދަލުކުރުން.

4. 3 ކްލާސްރޫމުގައި މުށިޖެހުން.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ އަދި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއް ވަކިވަކިން ކަމުގައި ދަންނަވަމެވެ.

21 ޑިސެންބަރު 2015
ހޯދާ