މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

           މިބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގައި މާލޭގައި ހަރަކާތްތެރިވުމަށް 22 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ.

- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

- ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

- ފުޑް އެލަވަންސް -/300 ރުފިޔާ

- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30 ރުފިޔާ

          ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/NrXCxVdAAziaXWu6A  އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 16 އޭޕްރީލް 2026 ގެ 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008488 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

………………………………………………………………

 

11 އޭޕްރިލް 2026
ހޯދާ