ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - ގައްދޫ އިން ކެއުން ހަމަޖެއްސުން

އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔާސްގައި ވާދަކުރާ ގދ. ހޯނޑެއްދޫ ޓީމު ގދ. ގައްދޫގައި ތިބުމަށްޓަކައި، 25 މީހުންގެ ކެއުން ހަމަޖެއްސުމަށް މިކައުންސިލުން ކުރިން ކުރި ނަންބަރު އިޢުލާން (IUL)417-CA/417/2026/26، ގައްދޫގައި މަޑުކުރާ މުއްދަތަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ހޯނޑެއްދޫ ޓީމް ގައްދޫގައި މަޑުކުރާ 15 ދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޭޕްރިލް 2026 ވަނަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ގައި ޖަހަންވާނީ 25 މީހުންގެ 01 ދުވަހުގެ ކެއުމުގެ އަގެވެ. ކޯޓޭޝަން އާއެކު ކެއުމުގެ މެނޫ އެއް ހުށަހަޅަންވާނެއެވެ.  އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ.  މިމަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތެއް ބަލައިގެންނެވެ.

މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޭޕްރިލް 2026
ހޯދާ