ދިވެހިރާއްޖެ
މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކަނޑުދަތުރުކުރާނޭ އުޅަނދެއް މި އެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2015/83 (ތާރީޚު 19 ނޮވެންބަރު 2015) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައިވާ މަޢުލޫމާތާއި، މި އޭޖެންސީން ދީފައިވާ މަޢުލޫމާތުގައިވާ ކަންތައްތައް ޗެކުކުރިއިރު އެކަންތައް ފުރިހަމަވާ އެއްވެސް އުޅަނދެއް ނެތުމުން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ/އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
24 ޑިސެންބަރު 2015 |
ބުރާސްފަތި |
11:00 (ހެނދުނު) |
އަންދާސީހިސާބު ހުށަހެޅުއްވުން |
27 ޑިސެންބަރ 2015 |
އާދީއްތަ |
10:00 (ހެނދުނު) |