ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ޑްރައިވަރު
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މަޤާމުގެ ރޭންކް: އެސް. އެސް. 2
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3،470 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ބޭނުންވާ އަދަދު: 5 (ފަހެއް)
މަޤާމުގެ ޝަރުޠުތައް (ތަޢުލީމާއި ތަޖުރިބާ):
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ލައިސަންސް (ކާރު ދުއްވުމުގެ) ލިބިފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
1. މި ޑިޕާޓްމަންޓުގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން.
- މި ޑިޕާޓްމަންޓުގެ ވެހިކަލް ދުއްވުން.
- ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް)
- ވެހިކަލްތައް ދޮވެ ސާފުކުރުން (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން)
- ވެހިކަލްތައް އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި، މިކަމާގުޅޭ މަސއްކަތްތައް ކުރުން.
- ވެހިކަލުގައި ކުރެވޭ ދަތުރުތައް ލޮގުކުރުން.
2. އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
- ސިޓީ ފަދަ ތަކެތި ބެހުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމީގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އިންޓަވިއުން އެންމެ މަތީ މާކުސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 ޖަނަވަރީ 2016 އާއި 11 ޖަނަވަރީ 2016 އާ ދެމެދުގެ ދުވަހެއްގައެވެ. އިންޓަވިއުއަށް ހާޒިރުވާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (ހ. ވެލާނާގޭގެ 1 ވަނަ ފަންގިފިލާ) އަށެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚާއި، ސުންގަޑި:
2015 ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގޭގެ 1 ވަނަ ފަންގިފިލާ)
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ www.immigration.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވަޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން ބަޔާންކޮށް ދީފައިވާ ލިޔުން.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
6. ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)
ސަމާލުކަމަށް:
- އިސްވެ ބަޔާންކުރެވުނު ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓުލިސްޓުކޮށް، އިންޓަވިއުކުރުމަށްފަހު މަޤާމަށް ހޮވޭ ފަރާތްތަކަށް އެކަން މި ޑިޕާޓްމަންޓުން އަންގާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 0411 333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3320011 އެވެ.
- މި ޑިޕާޓްމަންޓުގެ www.immigration.gov.mv ގެ ވެބްސައިޓުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާބެހޭ ޤަވާއިދު ބަލައި، މަޢުލޫމާތު ހޯދުން އެދެމެވެ.
5 ރަބީޢުލްއައްޥަލް 1437