ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އުޅަނދުފަހަރު ކުއްޔަށް ހިފުން

ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ އުޅަނދުފަހަރު ކުއްޔަށް ހިފުން

މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

1- 4 ދޯނި (25-30 މީޓަރު / 150 ޓަނަށްވުރެ ކުޑަނޫން)

2- 3 ލޭންޑިންގ ކްރާފްޓް (350 ޓަނަށްވުރެ ކުޑަނޫން)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މި އެޑްރެހަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ދެވަނަ ފަންގިފިލާ

މަޖީދީމަގު

ޕޯސްޓަލް ކޯޑް: 20161

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3000584  

ފެކްސް ނަންބަރު:  3000584 

21 ޑިސެންބަރު 2015
ހޯދާ