ދިވެހިރާއްޖެ
އިޢުލާން
|
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު : |
އެމް.ޓީ.ސީ.ސީ ގެ ފަރާތުން މިރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އަޕްގްރޭޑިންގ އޮފް އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް އަންނަ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާޙާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިނެމޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ހޯދަން ބޭނުންވެއްޖެއެވެ. 03 ކޮޓަރީގެ އެޕާޓްމަންޓް އެއް ނުލިބެއްޖެނަމަ، 02 ކޮޓަރީގެ އެޕާޓްމަންޓްވެސް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތުގެ ކޯޓޭޝަން ހުށަހެޅުން އޮންނާނީ 16 އޭޕްރިލް 2026 (ބުރާސްފަތި) ދުވަހުގެ 11:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: މެއިލް މެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 15 އޭޕްރިލް 2026 (ބުދަ) ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
