ދިވެހިރާއްޖެ
ނ.އަތޮޅު މަދަރުސާ
ނ.މަނަދޫ ، ދިވެހިރާއްޖެ
GS35/2026/07: ނަންބަރު
އިޢުލާނު
|
މަޤާމް |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||
|
މަޤާމް ނަމްބަރ |
J-447743 |
||||||||||
|
ބޭނުންވާ އަދަދު |
01 |
||||||||||
|
މަޤާމްގެ ގިންތި |
ދާއިމީ |
||||||||||
|
މަޤާމްގެ ރޭންކު |
ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1 |
||||||||||
|
މަޤާމުގެ ކުލެސިފިކޭޝަން |
- |
||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ނ.އަތޮޅު މަދަރުސާ/ ނ.މަނަދޫ |
||||||||||
|
މުސާރަ |
-/9845 ރުފިޔާ |
||||||||||
|
މަޤާމުގެ އެލަވަންސް |
-/4595 ރުފިޔާ |
||||||||||
|
ހާޒިރީ ޢިނާޔަތް |
ހާޒިރުވާ ކޮންމެ ދުވަހަކަށް -/125 ރުފިޔާ |
||||||||||
|
އެހެނިހެން އެލަވަންސް |
|
||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް: |
1- ކޮންމެދުވަހަކުވެސް ލިބޭފައިސާ ޤަވާއިދުން ލިބޭފައިސާގެ ދުވަހު ފޮތުގައި ލިޔުއްވާ ތިޖޫރީފޮތް ފުރިހަމަކުރައްވާ ފައިސާގެ ހިސާބުތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 2- ފައިސާއާއި ގުލޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތައް ފޮނުވުން. 3- ސްކޫލްގައި ގާއިމްކުރެވިފައިވާ ފަންޑުތަކަށް ލިބޭފައިސާ ދުވަހުންދުވަހަށް ބޭންކަށް ޖަމާކޮށް ލިޔެކިޔުން ބަލަހައްޓާ ފަންޑުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރިހަށް ފޮނުވުން. 4- އަހަރީ ބަޖެޓު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީހަށް ފޮނުވުން. 5- ޕްރޮކިއުމަންޓްގެ ކަންތައްތައް ކުރިއަށްގެންދިއުން. 6- މުވައްޒަފުންގެ މުސާރަ ޝީޓާއި،އިތުރު ރިޕޯޓް އަދި ޕޭނަމްޓް ވައުޗަރތައް ތައްޔާރުކޮށް އެމަހެއްގެ18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފޮނުވުމާއި ބަނޑޭރި ޕޯޓަލްއަށް އަޕްލޯޑްކޮށް ޕްރޯސަސް ފުރިހަމަކުރުން. 7- ކޮންމެމެހެއްގެ ރަސްމީ އެންމެ ފަހު ދެދުވަހުގެ ތެރޭގައި ނުވަތަ ސްކޫލުން ހަމަޖައްސަވާފައިވާ ގޮތެއްގެ މަތީން މުވައްޒަފުންނަށް މުސާރަދޫކުރުން. 8- މުވައްޒަފުންގެ ހާޒިރީ ރިޕޯޓް، އިތުރު ގަޑީގެ ރިޕޯޓް، ގަޑިޖެހުނު އަދި ޤައިރު ހާޒިރީ ރިޕޯޓް ކޮންމެ މަހެއްގެ 18ގެ ކުރިން ތައްޔާރުކުރުން.
9- ބޭންކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، ބޭންކުންނަގަންޖެހޭ ފައިސާނެގުން.
10- އާމްދަނީ ލިބޭކަންތައްތަކުގެ ރަޖިސްޓްރީ ހަދާ ބެލެހެއްޓުން. 11- ފައިސާ ދެއްކުމަށްޓަކައި ފޮނުވަންޖެހޭ ބިލްތަކަށް ފައިސާދެއްކުމަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި، މަހުންމަހަށް އެބިލްތައް ދެއްކުމުގެ ކަންތައް ރާވައި ކުރިއަށް ގެންދިއުން. 12- ސުކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ބަލަހައްޓައި، ތަކެތި ހުސްވުމުގެ ކުރިން ބަޖެޓާ ހަވާލުވެހުންނެވި ވެރިއެއްގެ އިރުސާދުގެ ދަށުން ޤަވާއިދާއެއްގޮތަށް ތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރު ކޮށް ފޮނުވަންޖެހޭފަރާތްތަކަށް ފޮނުވާ ތަކެތި ސްކޫލަށް ގެނައުން. މިގޮތަށް ގެނެވޭތަކެތީގެ ފައިސާ ޤަވާއިދުން އެފަރާތްތަކަށް ދޫކުރުން 13- ފައިސާއާއި ގުޅޭ ލިޔެކިޔުންތަކުގެ ތެރެއިން ލިޔެ ބެލެހެއްޓުމަށް ހަވާލުކުރެވޭ ލިޔުންތައް ތައްޔާރުކުރުމާއި، ތިޖޫރީބާކީއާއި ބަޖެޓްބާކީ ލިޔެކިއުންތައް ދުވަހުންދުވަހަށް ބެލެހެއްޓުން. 14- ސްކޫލަށް އެކިގޮތްގޮތުން ވަންނަ ފައިސާ ކަނޑައެޅިފައިވާ ޤަވާއިދު ތަކާއިއެއްގޮތަށް ބަލައިގަތުމާއި ފައިސާގެ ލިޔެކިޔުންތައް ފައިލްކުރުމާއި ސްކުލުން ފޮނުވާ އެކިއެކި ފައިސާގެ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާއިދުންބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއިއެކު ފޮޓޯކޮޕީނަގައި ހަވާލުކުރުން. 15- ހުރިހާ މުވައްޒަފުންގެ އޯވަރޓައިމް އެޗްއާރު ސިސްޓަމް އަށް އަޅާ ނިމުމުން ކޮންމެ މަހެއްގެ 16 ، 17 މި 2 ދުވަހު އޯވަރޓައިމް ސިސްޓަމްއަށް އަޅާފަ ހުރީ ރަގަޅަށްތޯ ޗެކްކުރުމަށްފަހު ރަގަޅުކުރަންޖެހޭ ނަމަ ރަގަޅުކުރުމަށްފަހު މުސާރަހަދާ މުވައްޒަފަށް އެކަން އެންގުން. |
||||||||||
|
މަޤާމުގެ ޝަރުތުތައް: |
|
||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް. |
||||||||||
|
ތަޢުލީމީ ދާއިރާތައް |
ތަޢުލީމީ ރޮނގުތައް: 1- އެޑްމިނިސްޓްރޭޝަން 2- ބިޒްނަސް 3- ބިޒްނަސް އެޑްމިނިސްޓްރޭޝަން 4- ބިޒްނަސް މެނޭޖްމަންޓް 5- މެނޭޖްމަންޓް 6- ޕަބްލިކް އެޑްމިނިސްޓްރޭޝަން 7- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 8- ޕަބްލިކް މެނޭޖްމަންޓް |
||||||||||
|
ޕްރިފަރޑް ޑިސިޕްލިންގ |
ނެތް |
||||||||||
|
ކޯރ ޑިސިޕްލިންގ |
ނެތް |
||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
||||||||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ނ.އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
|
ސޯޓްލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||
|
އެސެސްމަންޓް އަދި އިންޓަރވިއު(ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސްހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު / އެސެސްމަންޓް އޮންނާނީ، 20 އޭޕްރީލް 2026 ން 28 އޭޕްރީލް 2026 އާއި ދެމެދުގެ ތާރީޙެއްގައި ނ. އަތޮޅު މަދަރުސާގައެވެ. |
||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560003 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ. |
|||||||||||
09 އޭޕްރީލް 2026
