ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކޮންސްޓްރަކްޝަން އޮފިސަރ

ޑިޕާޓްމަންޓް: ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

ސެކްޝަން: ކޮންސްޓްރަކްޝަން މެނޭޖްމަންޓް

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ބިލްޑިންގ ކޮންސްޓްރަކްޝަން/ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ

- ބިލްޑިންގ ކޮންސްޓްރަކްޝަން/ ސިވިލް އިންޖިނިއަރިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސްތަކުގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން

- ހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދުތަކާއި ޕްރޮޖެކްޓް ޕްލޭނާ އެއްގޮތަށްތޯ ބަލައި ޔަގީންކޮށް އަދި ކޮލިޓީ ކޮންޓްރޯލް ކުރުމާއި ކޯސްޓް ކޮންޓްރޯލް ކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން

- ގަޑިން ގަޑިއަށް ޕްރޮޖެކްޓްތައް ނިންމުމަށް ކޮންޓްރެކްޓަރުން، އިންޖިނިއަރުން އަދި އެހެނިހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން

- ހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ޗާޓާއި ވެދަރ ޗާޓް އަދި ޕްރޮޖެކްޓާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން

- ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ބަލައި ޕްރޮޖެކްޓް މެނޭޖަރަށް ރިޕޯޓްކުރުން

- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ކޮންސްޓްރަކްޝަން މުވައްޒަފުންނާއި ޕްރޮޖެކްޓް ޓީމުގެ އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ޓީމު ހިންގުމުގެ ހުނަރު

- އޮޓޯކެޑް، އެމް.އެސް. ޕްރޮޖެކްޓް އަދި އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އަސާސީ މުސާރަ: -/6260ރ. އާއި -/7800ރ. އާ ދެމެދު.

ޖުމްލަ ޕެކޭޖް (އެލަވަންސްތަކާއެކު): -/12160ރ އާއި -/14900ރ. އާ ދެމެދު

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާއަށް މުވައްޒަފެއް ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރުދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                              3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                           ނުވަތަ                  ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                ފޯނު: 3353535   

ފެކްސް: 3335892                                              ފެކްސް: 3358892

21 ޑިސެންބަރު 2015
ހޯދާ