ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު GS128/2015/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، 1 ޖަނަވަރީ 2016 އިން ފެށިގެން މީލާދީ ސަނަތުން 1 އަހަރުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ސްކޫލުގެ ސައިންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.