ދިވެހިރާއްޖެ
|
މި ކޮމިޝަނުގެ ނަންބަރު (IUL)195-A-HR/195/2026/5 (28 ޖަނަވަރީ 2026) އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް ދީފައިވާ ޕްރެކްޓިކަލް ޓެސްޓުން އެކަށީގެންވާ މިންވަރަށް އެއްވެސް ކެނޑިޑޭޓަކަށް މާކްސް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ މަޤާމަށް އަލުން ޢިއުލާން ކުރަމެވެ. |
||
|
ވަޒީފާގެ ފުރުޞަތު |
ނަންބަރު:(IUL)195-A-HR/195/2026/14 |
|
|
ތާރީޚް: 08 އެޕްރީލް 2026 |
||
|
މަޤާމު |
ޖުޑީޝަލް ސަރވިސް އެސިސްޓަންޓް |
|
|
ޖޮބް ފެމިލީ |
ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމަންޓަރީ ސަރވިސް |
|
|
ރޭންކް |
ފަބްލިކް ސަރވިސް ރޭންކް 3 |
|
|
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
|
މޭޖަރ ގްރޫޕް |
ސެކްރެޓޭރިއަލް ސަޕޯޓް ވަރކާސް އެންޑް ސްކިލްޑް ވަރކާސް |
|
|
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
|
|
ޑިޕާޓްމަންޓް/ސެކްޝަން |
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން |
|
|
އަސާސީ މުސާރަ |
-/8,520 ރުފިޔާ |
|
|
އެލަވަންސާއި އިތުރު ގަޑި |
- މަގާމުގެ އެލަވަންސް: -/2,560 ރުފިޔާ - ހާޒިރީ އިނާޔަތް: (ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު ތަކުގައި ހާޒިރީ އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/70 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރެއިން "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައި ވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
|
އަސާސީ ޝަރުތު |
ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
|
|
މަޤާމުގެ މަސްއޫލިއްޔަތު: |
10. މަތީގައިވާ ކަންކަމުގެ އިތުރުންވެސް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އާއި މެއިލް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 11. ސެކްޝަންށް ލިބޭ އަދި ސެކްޝަނުން ފޮނުވާ އެންމެހާ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން. 12. ސެކްޝަންގެ މަސައްކަތާ ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ މައުލޫމާތު ދިނުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެ ދިނުން. 13. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަންގެ އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން. |
|
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 6. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ. 7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ. |
|
|
މަޤާމަށް އެދި ހުށަހެޅުން |
މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ. |
|
|
ސުންގަޑި |
މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމައަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރެއަށް ވަންނަ ގޮތަށް ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށް އެ އަދަދަށް ދުވަސް އިތުރުކުރެވޭނެއެވެ. |
|
|
އިތުރު މަޢުލޫމާތު |
|
|
