މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޤަބްރުސްތާނުގެ ވަށާފާރުގެ އެތެރެ އާއި ނިޢުމާ މިސްކިތުގެ ގޯތިތެރެ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

 

މިރަށު ޤަބްރުސްތާނުގައި ރާނާފައިވާ ވަށާފާރުގެ އެތެރެ އަދި ނިޢުމާ މިސްކިތުގެ ގޯތިތެރެ، މި އިދާރާއިންދޭ ތާވާލް އާއި އެއްގޮތަށް ކޮންމެ ދެމަހުން އެއްފަހަރު ނޮޅާ ސާފުކޮށް  ކުނިތައް އުކާލަ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

 

ބީލަން ހުޅުވާލެވިފައިވާ ފަރާތްތައް

  • މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2024/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 09 އޭޕްރިލް 2026 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 200.00 (ދުއިސައްތަ) ރުފިޔާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަން އެފަރާތަކަށް އެންގޭނެއެވެ.

މަޢުލޫމާތު ދިނުން

  • މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 12 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 13:00ގައި، މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓީން ރޫމްގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން

  • ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 21 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މާޢުލޫމާތު

  • އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7909983 / 6640496 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

07 އޭޕްރިލް 2026
ހޯދާ