ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލޮއިކުރެންދޫ ޢީދު އުފާ 1447" ގެ ސްޓިއަރިންގ ކޮމިޓީ އެކުލަވާލުން.

  ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް، ކުރެންދޫގައި އަޞްޙާޢީދުގެ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް މިއިދާރާއިން މިގެންދަނީ ރާވަމުންނެވެ. މިގޮތުން، ޢީދު ފާހަގަ ކުރުމުގެ ޙަރަކާތްތައް ރާވާ ހިންގުމުގައި، ވީހާ ގިނަ ފަރާތްތަކެއްގެ ޝާމިލްވުމާއި ބައިވެރުން ހޯދާ، އެފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއެކު އެޙަރަކާތްތައް ރާވާ އިންތިޒާމް ކުރުމަށްޓަކައި "ސްޓިއަރިންގ ކޮމިޓީ" އެއް އެކުލަވާލުމަށް ބޭނުންވެއެވެ. ސްޓިއަރިންގ ކޮމިޓީގައި މެމްބަރުން ހިމެނުމަށް ކަނޑައަޅާފައިވަނީ މިދަންނަވާ ދާއިރާތަކުންނެވެ.

 

1-  ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް / ޒުވާނުން ތަމްސީލްކުރާ 05 މެމްބަރުން

2-  އިސް މުވާޠިނުން (+65)ގެ ތެރެއިން 03 މެމްބަރުން.

3-  ކުރެންދޫގައި ހުރި ދައުލަތުގެ ކޮންމެ މުއައްސަސާއެއް ތަމްސީލްކުރާ 01 މެމްބަރު

4-  ކުރެންދޫ ކައުންސިލް އަދި އ.ތ.މ.ކޮމިޓީ މެމްބަރުން

5-  މިއިދާރާގެ މުވައްޒަފުންގެ ތެރެއިން 05 މުވައްޒަފުން.

 

     ވީމާ، މިދެންނެވި ސްޓިއަރިންގ ކޮމިޓީގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ، ނަމްބަރު 01 އަދި 02ގައި ބަޔާންކޮށްފައިވާ ދާއިރާއިން މެމްބަރުންގެ ގޮތުގައި ނަން ހުށަހެޅުމުގެ ފުރުޞަތު، 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00ގެ ގެ ނިޔަލަށްހުޅުވައިލައިފީމެވެ. ނަން ހުށަހަޅުއްވަން ވާނީ، ލިޔުމަކުން ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ. މިގޮތުން ނަން ހުށަހަޅުއްވާ ފަރާތަކީ، 18އަހަރު ފުރިހަމަވެފައިވާ، އަދި، ޢީދުގެ ޙަރަކާތްތައް ރާވާ އިންތިޒާމްކުރުމުގެ މަސައްކަތުގައި ބައިވެރިވެލެއްވޭނޭ ފަރާތެއްކަމުގައި ވާންވާނެއެވެ.  

 

        މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

07 އޭޕްރިލް 2026
ހޯދާ