ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު މަސްޖިދުލް އިޢުތިޒާޒު ގެ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނުނު ނަންބަރު19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވެ، ބިޑް ޑޮކިއުމެންޓު ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް އެކަންޔެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ބީލަމުގައި ރަޖިސްޓްރީވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ 14 އެޕްރީލް 2026 (އަންގާރަ) ދުވަހުގެ 13:15 ގެ ކުރިންނެވެ.
ރަޖިސްޓްރީ ލިންކު: https://forms.office.com/r/4bvTKi8kPK
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 16 އެޕްރީލް 2026 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި ކައުންސިލް އިދާރާގައެވެ. މި ސެޝަނުގައި ބީލަމާ ގުޅޭ މުހިންމު ކަންކަން ޙިއްޞާކުރުމާއި، ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 27 އެޕްރީލް 2026 (ހޯމަ) ދުވަހުގެ 10:00 ގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން[email protected] އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6841626 ގުޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.
ބިޑް ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ އިންޓަރނެޓް ބޭންކިންގ މެދުވަރިކޮށެވެ.
އެކަންޓް ނަން: 1471 ރެވެނިއު 1
އެކައުންޓް ނަންބަރު: 001 700301 7710
ޕޭމަންޓް ސްލިޕް ފޮނުވަންވީ ވައިބަރ ނަންބަރު: 7430889، 7633734
ނޯޓް: (ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔެވިފައި އިންނަންވާނެ)
