ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓްގައި ސޯލަރ ޕީވީ ސިސްޓަމެއް ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ބަދަލުވުން

ކުޅުދުއްފުށީ ޕޯޓްގައި ކޮމްޕްލީޓް ސޯލަރ ޕީވީ ސިސްޓަމެއް (Complete Solar PV System) ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކުރުމާއެކު ކޮމިޝަން  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ IL-KPL/2026/009 (30 މާރިޗު 2026) އިޢުލާނުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތުވަނީ ބަދަލުވެފައެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ، މި ދާއިރާގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

07 އޭޕްރިލް 2026 އިން 09 އޭޕްރިލް 2026 އަށް

13:00 ގެ ނިޔަލަށް

އަންދާސީ ހިސާބު ހުށަހެޅުން

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

16 އޭޕްރިލް 2026

13:30

ބިޑްގައި ރަޖްސްޓްރީ ކުރުމަށް:  https://shorturl.at/UwBor

މަޢުލޫމާތު ކަރުދަސް ވިދާޅުވުމަށް: https://acesse.one/nezgr8u

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 13:00 އާއި ދެމެދު މި އޮފީހުގެ ނަންބަރ 6528558 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

07 އޭޕްރިލް 2026
ހޯދާ