މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
5000 ފޮތް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އިސްލާމް ދީނާއި ބެހޭ ސައްޙަ މަޢުލޫމާތު ފެތުރުމަށްޓަކައި ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ދީނީ ފޮތެއް ކަމުގައިވާ "ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން " މިފޮތުގެ 5000 ކޮޕީ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.  

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އެޕްރީލް 11 ވާ  ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/XpuKWBqEKg

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އެޕްރީލް  16 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ   3020239 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

07 އޭޕްރިލް 2026
ހޯދާ