ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ ކުދި ދޮރުތަކުގައި ބްލައިންޑް ކާޓެއިން ހޯދައި ހަރުކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު

      ތ. ގުރައިދޫ،

       ދިވެހިރާއްޖެ.                                            

                                                   ނަންބަރު: 654/IUL-A/2026/05

 

މިކޯޓުގެ ކުދި ދޮރުތަކުގައި ބްލައިންޑް ކާޓެއިން ހޯދައި ހަރުކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

         މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މިކޯޓުގެ ކުދި ދޮރު ދަކުގައި ބްލައިންޑްސް ހޯދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

         މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިން) ، 15 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނުނަންބަރު:  19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

         މި މަސައްކަތުގެ އަންދާސީހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

        މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑާއިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންއަންގައިދޭ ލިއުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަންވާނެއެވެ.

       މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. 

07 އޭޕްރިލް 2026

07 އޭޕްރިލް 2026
ހޯދާ