މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ ހަޔަރ އެޑިއުކޭޝަން ސަރވިސް އޮފިސަރ

އިޢުލާނު 

މަޤާމު:

ސީނިއަރ ހަޔަރ އެޑިއުކޭޝަން ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-438455

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7  - ސްޓެޕް 1

ޖޮބް މެޓްރިކްސް ނަން:

ހަޔަރ އެޑިޔުކޭޝަން ޕޮލިސީ ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް  / ހުޅުމާލެ

ސެކްޝަން/ޔުނިޓް:

ނިއު ލޯން ޔުނިޓް

މުސާރަ:

9560.00 ރުފިޔާ

ޖޮބް އެލަވަންސް:

4465.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/120 ރުފިޔާ
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްލޭސްމެންޓް ލެޓަރ ލިބުމުން ލޯންއެހީއަށް އެދި ހުށަހަޅާ އިޤުރާރު ފޯމާއި ފައިސާއަށް އެދޭފޯރމް ފުރުވައި ދަރިވަރުން އިޤުރާރުކުރުވައި ލަސްވެގެން 1 ހަފްތާގެ ތެރޭގައި ނުވަތަ ދަރިވަރު ފުރުމުގެ ކުރިން ފައިސާލިބޭނެ މުއްދަތު އޮއްވައި ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވުން. އަދި ދަރިވަރުންގެ މަޢުލޫމާތު އަޕްޓޭޑް ކޮށް ދަރިވަރުންގެ ރެކޯރޑްތައް ފައިލްތަކުގައި ބެލެހެއްޓުން.
  2. ޙަވާލްކުރެވިފައިވާ ލޯންތަކުގެ މަސައްކަތްތަކާއިބެހޭ ލިޔެކިޔުންތައް ޓައިޕްކުރުމާއި، ލޯނުދެވިފައިވާ ދަރިވަރުންގެ ފަރާތުން އަންނަ ސިޓީތަކަށް ވެރިންގެ ލަފަޔާއިއެކު 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި އަދި ދަރިވަރުން ފޮނުވާ ސިޓީތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި ލޯނު ސްކީމް ތަކާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތުދިނުން.
  3. ހަވާލުކުރެވިފައިވާ ލޯންސްކީމް ތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދޭންވާ ފައިސާ ކޮންމެ ސެމެސްޓަރެއްގައި ނުވަތަ ކޮންމެ އަހަރަކު ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ދަރިވަރުން އަތުން ހޯދައި ކަނޑައެޅިފައިވާ ގަޑިއަށް ފައިސާ ޖަމާކުރުމަށްއެދި ބޭންކަށް ފޮނުވަމުން ދިއުން.
  4. މަތީ ތަޢުލީމާ ތަމްރީނާ ގުޅޭގޮތުން އެހީތެރިކަން ހޯދަންއެދޭ ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިބޭ ދިވެހިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެދޭކަންކަމުގައި ވެރިންގެ މަޝްވަރާގެ މަތީން އެހީތެރިވެވޭނެ މަގު ތަނަވަސްކޮށްދިނުން.
  5. ކަނޑައެޅިފައިވާ ތާރީޚަށް ދަރިވަރުން ލޯންދައްކަން ފެށިކަން ބޭންކުން ޗެކްކޮށް ކަށަވަރުކުރުން. އަދި ލޯން ނުދައްކާ ފަރާތްތަކާއިމެދު ބެންކުން ފިޔަވަޅު އަޅަމުން ދޭތޯބެލުމާއި ކަނޑައެޅިފައިވާ ތާރީޚަށް ދަރިވަރުން ކިޔެވުން ނިމޭތޯ ބަލަމުން ދިއުން.
  6. ބަލަހައްޓަން ހަވާލު ކުރެވިފައިވާ ލޯން ސްކީމްތަކާއި ބެހޭ ތަފާސް ހިސާބު ވެރިން އަންގާގޮތެއްގެ މަތިން ބެލެހެއްޓުމާއިއެކު އަހަރަކު އެއްފަހަރު ނުވަތަ ބޭނުންވެއްޖެހިދެއްގައި އެމައުލޫމާތު ސްޓެޓިސްޓިކްސް ސެކްޝަނަށް ނުވަތަ ވެރިންނަށް ފޯރުކޮއްދިނުން. އަދި އަލަށް ހުޅުވާލެވޭ ލޯންސްކީމްތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ދަރިވަރުން ހޮވާނިމެންދެން ވެރިން އަންގާ ގޮތެއްގެމަތިން ކުރުން.
  7. ސެކްޝަންގެ އެހެން މުއައްޒަފުން ޗުއްޓީނެގުމުން ނުވަތަ ސަލާމް ބުނުމުން ވެރިން އަންގާގޮތެއްގެމަތިން އެފަރާތްތަކުގެ މަސައްކަތްތައް ކުރުން.
  8. އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވޯކްޝޮޕްފަދަ ކަންކަމުގައި އެހީތެރިވުން.
  9. ސެކްޝަންގެ އެސް.އޯ.ޕީ ތައް ތައްޔަރުކުރުން، ދުވަހު ޔައުމިއްޔާއާއި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ފޮނުވައިދިނުން.
  10. އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކުއްލި ޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުން. އަދި ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރު ކަމާއި އެކު ކުރުމާއި މުވައްޒަފުންގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތައި ސިވިލްސަރވިސްގެ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތުގެ އަޚުލާޤް ބެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން

 

ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން  
  2. އެނަލިޓިކްސް  
  3. ޗޭންޖިންގ އެޑިއުކޭޝަން  
  4. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން  
  5. އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް  
  6. އެޑިއުކޭޝަން މެނޭޖްމަންޓް  
  7. އެޑިއުކޭޝަން ޕޮލިސީ  
  8. އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  
  9. އެޑިޔުކޭޝަނަލް ލޯ  
  10. އެޑިޔުކޭޝަނަލް ލީޑަރޝިޕް  
  11. އެޑިއުކޭޝަނަލް ސައިކޮލޮޖީ  
  12. އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން  
  13. އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ  
  14. ހަޔަރ އެޑިޔުކޭޝަން  
  15. ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން  
  16. ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން އެންޑް ޕޮލިސީ  
  17. ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް  
  18. ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް  
  19. ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް  
  20. ހަޔަރ އެޑިޔުކޭޝަން ޕޮލިސީ ރިސަރޗް އެންޑް އެޑްމިނިސްޓްރޭޝަން
  21. އިނޮވޭޝަން އެންޑް ހަޔަރ އެޑިޔުކޭޝަން
  22. ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން
  23. ލީޑަރޝިޕް އިން އެޑިއުކޭޝަން
  24. ޕޮލިސީ މެނޭޖްމަންޓް
  25. ޕޮލިސީ ސްޓަޑީޒް
  26. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  27. ޕަބްލިކް އެފެއާޒް
  28. ޕަބްލިކް މެނޭޖްމަންޓް
  29. ޕަބްލިކް ޕޮލިސީ
  30. ރިސަރޗް
  31. ރިސަރޗް މެތަޑްސް
  32. ރިސަރޗް ސްޓަޑީސް
  33. ސޯޝަލް ޕޮލިސީ
  34. ސޯޝަލް ރިސާރޗް
  35. ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް
  36. ސްޓެރެޓީޖިކް މެނޭޖްމަންޓް
  37. ސްޓެރެޓީޖިކް ސްޓަޑީޒް
  38. ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން
  39. ޓަރޝަރީ އެޑިޔުކޭޝަން

 

ޕްރިފަރޑް ޑިސިޕްލިން:

ނެތް

ކޯ ޑިސިޕްލިން:

 ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

 - ޕޮލިސީ، ސިޔާސަތު ނުވަތަ ސްޓްރެޓެޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި، 13 އޭޕްރިލް 2026 (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން،ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

 

ޕޯޓަލް ލިންކް: https://jobcenter.mv/dv/jobs/seeniar-hayar-ediukeyshan-sarvis-ofisar

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 14 އޭޕްރިލް 2026 އިން 14 މޭ 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 އޭޕްރިލް 2026
ހޯދާ