ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީގެ ރަސްމީ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް 30 މާރޗް 2026 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ ނަންބަރު IUL434-PRC/434/2026/16 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚަށް ބަދަލު ގެނައުމާއި އަދި އަންދާސީ ހިސާބުތަކުގެ ޓެކްނިކަލް އިވެލުއޭޝަންގައި ބަލާނެ ކުރިޓީރިއާ ކަނޑައަޅާ، އެބަދަލު މަޢުލޫމާތު ޝީޓްގެ ސެކްޝަން 5 އަށް އިތުރުކުރެވިފައިވާކަން އާންމުކޮށް އެންގުމަށް

މި އޭޖެންސީއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީގެ ރަސްމީ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް 30 މާރޗް 2026 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ ނަންބަރު: IUL434-PRC/434/2026/16 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚް 12 އޭޕްރީލް 2026 ވަނަ ދުވަހަށް ބަދަލު ކުރެވިފައިވާތީ އާއި އަންދާސީ ހިސާބުތަކުގެ ޓެކްނިކަލް އިވެލުއޭޝަންގައި ބަލާނެ ކުރިޓީރިއާ ކަނޑައަޅާ، އެބަދަލު މަޢުލޫމާތު ޝީޓްގެ ސެކްޝަން 5 އަށް އިތުރުކުރެވިފައިވުމުން، މިބަދަލު އިޢުލާނުގެ މަޢުލޫމާތު ޝީޓްގެ ބައެއް ކަމުގައި ކަނޑައަޅާ، އެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޢުލާނަށް ބަދަލު ގެނެވިފައިވީނަމަވެސް،  މި އޭޖެންސީގެ ރަސްމީ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ހަވާލާދޭންވާނީ ނަންބަރު: IUL434-PRC/434/2026/16 އިޢުލާނަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚަށް ގެނެވުނު ބަދަލާއި ގުޅިގެން  ބިޑު ރެޖިސްޓްރޭޝަންގެ މުއްދަތު 11 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާނެއެވެ. ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ.

މި އިއުލާނާއި ގުޅޭ އިސްލާޙު ކުރެވިފައިވާ (މުއްދަތު އިތުރުކުރެވިފައިވާ) ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓްގެ ސެކްޝަން 5 އަށް އިތުރުކުރެވިފައިވާ އަންދާސީ ހިސާބުތަކުގެ ޓެކްނިކަލް އިވެލުއޭޝަންގައި ބަލާނެ ކުރިޓީރިއާ އަދި އިސްލާޙު ކުރެވިފައިވާ (އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚް) އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

12 އޭޕްރީލް 2026 (އާދީއްތަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

07 އޭޕްރިލް 2026
ހޯދާ