މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުޓްސަލް ދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފުޓްސަލްދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

މި ކޯޕަރޭޝަނުން ހަދަމުންދާ ފުޓްސަލްދަނޑުތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  • ޓާރފް
  • ލައިޓް ޕޯސްޓް
  • ލައިޓް

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 27 ޑިސެންބަރު 2015 އިން 30 ޑިސެންބަރު 2015 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މި ފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. އަދި ބީލަންފޮތާބެހޭ މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2016 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 12 ޖަނަވަރީ 2016 ގެ 11:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދު ކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފުޓްސަލްދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން: 12 ޖަނަވަރީ 2016 ގެ 11:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 12 ޖަނަވަރީ 2016 ގެ 11:00 ގައި މި ކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން:       3320657 960 +  ނުވަތަ 9911606 960 +

ފެކްސް:      3317133 960+

އީ-މެއިލް:    [email protected]  

ވެބްސައިޓް:    www.mrdc.com.mv     

06 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015
ހޯދާ