މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-         މިރަށު މާވެޔޮ ގޯތީގެ އަވަށްބޭރުގައި ހުރި 08 މިދިލިގަހާއި ހަލަވެލި ގޯތީގެ ދެކުނުގައި ހުރި 02 ރުއް ކަނޑަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-M/322/2025/104 އިޢުލާނުގައި ވާ މަސައްކަތްތަކަށް ބަދަލުގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކުރުމަށްފަހު ކޯޓޭޝަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

2-         ރުއްތައް ކަޑަންވާނީ 1 ފޫޓުދުރުން ކޮނެގެން އޭގެ ބުޑާއެކުގައެވެ. ގަސްކަޑާނީ ކޮނެގެން އޭގެ ބުޑާއެކުގައެވެ. އަދި އޭގެ ބޭރުންވެސް ބުޑުން ބައެއް ނުވަތަ މޫތައް ބިމުން މައްޗަށް އެއްވެސް ވަރަކަށް ހުރެގެން ނުވާނެއެވެ. ވަޅުތަކަށް ފަސްލާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން އޯކޭ ދިނުމުންނެވެ.

3-         މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން ގާކުނިތަކާއި ރުއްގަހުގެ މޫތަކާއި އެންމެހާ ތަކެތި ނަގައި ރަގަޅަށް ތަން ސާފުކުރަންވާނެއެވެ.

4-         ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-         ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

6-         މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 09 އޭޕްރިލް 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

7-         ކޯޓޭޝަން ހުށަހަޅާނީ 16 އޭޕްރިލް 2026 ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

07 އޭޕްރިލް 2026
ހޯދާ