ދިވެހިރާއްޖެ
ނަޑެއްލާ ސްކޫލުގައި ބޭނުންކުރަމުންދާ 2500 ލީޓަރުގެ 2 ފެންތާނގީ ބަދަލުކުރުމާއި ގުޅޭ
މި އިއުލާނަކީ މި ސްކޫލުން ކުރެވުނު އިޢުލާން ނަމްބަރު GS204/NS/IUL/2026/05އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން ކުރެވޭ އިޢުލާނެކެވެ.
މި ސްކޫލުގައި ބޭނުންކުރަމުންދާ 2500 ލީޓަރުގެ 2 ފެންތާނގި ( ކަޅުހަން) މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ސްކޫލަށް ޙާޟިރުވެ ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޮޓޭޝަން ހުށަހަޅުއްވާ ފަރާތުން ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ ކޮޕީ ކޮޓޭޝަނާއެކު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ނަޑެއްލާ ސްކޫލް
ގދ. ނަޑެއްލާ
ފޯން: 7900920/ 6840064
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
