ދިވެހިރާއްޖެ
އަޟުޙާ ޢީދު ދުވަހުގެ މުނާސަބަތުގައި، ޢީދު ނަމާދަށް ފަހު ބާއްވާ ޢީދު ސައިފޮދު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު
މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއިއެކު މަޢްލޫމާތު ދިނުން އޮންނާނީ 14 އެޕްރީލު 2026ވާ އަންގާރަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ.
( މިބައްދަލުވުމުގައި މަޢުލޫމާތު ކަރުދާހާއިއެކު އަގުބަލާ ފޯމް ހަވާލު ކުރެވޭނެއެވެ. ) މަޢުލޫމާތު ހޯއްދެވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަގުބަލާ ފޯމް
ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 16 އެޕްރީލު 2026ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް
މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އެޕްރީލު 2026ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން
މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620462 ނަމްބަރު ފޯނާއި ގުޅުއްވައިގެން
މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
