ދިވެހިރާއްޖެ
މި އިޢުލާން އާއި އެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް ޕްލޭ އޭރިޔާގައި ފެނާއި ކުޅޭނެ ނިޒާމެއް ހެދުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ. މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
|
ހޯނޑެއްދޫ ސްކޫލް އިދާރަ |
14 އެޕްރިލް 2026 ވަނަދުވަހުގެ 10:30 |
އަގު ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އަގު ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ ޕްރޮފައިލްގެ ކޮޕީ އަގު ފޯމާއި އެކު ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
