މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ފައިނޭންސް

ވަޒިފާގެ ފުރުސަތު

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ފައިނޭންސް

މަޤާމުގެ ނަންބަރު:

J-449263

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 10 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ:

18,280.00

މަގާމުގެ އެލަވަންސް:

10,465.00

ޙާޒިރީ ޢިނާޔަތް:

285/- ( ހާޒިރުވާ ކޮންމެ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާއަށް  ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އިދާރާއިން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް މާލީ ވުޒާރާއަށް ހުށަހެޅުން.
  2. ކޮންމެ މާލީ އަހަރެއް ނިމުމުން އެ އަހަރެއްގެ ތެރޭގައި ހިންގުނު މަޝްރޫޢުތަކާއި، ކުރިއަށް އޮތް މާލީ އަހަރުގައި (ނުވަތަ އަހަރުތަކުގައި) ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލު މާލީ ވުޒާރާއަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން.
  3. ބަޖެޓުގައި ނުހިމެނޭ މަޝްރޫއެއް މާލީ އަހަރުގެ ތެރޭގައި ފަށަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޝްރޫޢާގުޅޭ މަޢުލޫމާތު މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން ހުށަހެޅުން.
  4. އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓުން ވަކި ކަމަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރުނުވާނެހެން ޚަރަދުތައް މޮނިޓަރކޮށް ބެލެހެއްޓުން.
  5. މުދަލާއި ޚިދުމަތަށް އެދޭ ފޯމްތައް ތައްޔާރުކުރުމުގެ މަސައްކަތާއި މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް މަޢުލޫމާތުތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.
  6. ޕަބްލިކް އެކައުންޓިންގް ސިސްޓަމް މެދުވެރިކޮށް ކުރާ ޚަރަދުތައް ކުރެވެނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  7. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން މާލީ ވުޒާރާއިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ހުށަހެޅުން.
  8. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުގެ ޚަރަދުކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމުގައި ޢަމަލު ކުރާނެގޮތުން އިރުޝާދުތައް ދިނުން.
  9. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އިދާރާއިން އެކުލަވާލަންޖެހޭ އެންމެހާ މާލިއްޔަތާގުޅޭ ރިޕޯޓުތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އިދާރާތަކުން ރާއްޖޭގައި، ނުވަތަ ރާއްޖޭން ބޭރުގައި ހުޅުވަން ބޭނުންވާ އެކައުންޓުތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓޭކަން ކަށަވަރު ކުރުމާއި އެ އެކައުންޓުތަކާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. އިދާރާއިން ކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތަރައިޒިންގ އޮފިސަރުން (ޚަރަދުކުރުމަށް ހުއްދަދޭ ވެރިން) ޢައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހެޅުން.
  12. އިދާރާގެ ފައިސާއާއި މާލީ ކަންތައްތަކާބެހޭ ސެކްޝަނުން ލިޔެފައިވާ އިރުޝާދުތަކާއި އެއަށް ގެނެވޭ އިޞްލާޙުތަކުގެ ކޮޕީ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅައި ލަފާ ހޯދުން.
  13. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީ ރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
  14. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ދަތިތަކެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް، އެތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
  15. އިސްވެދެންނެވުނު ކަންތައްތަކުގެ އިތުރުންވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އުސޫލުތަކުގެ ދަށުން ކުރަންޖެހޭ މާލީ ކަންކަން ކުރުން.
  16. ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން ފައިނާންސް ޑިވިޜަން އެންމެހައި އިދާރީ ކަންކަން ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް  
  4. ބޭންކިންގ  
  5. ބިޒްނަސް  
  6. ކޮމާރސް  
  7. ކޯޕަރޭޓް ފައިނޭންސް  
  8. ފައިނޭންސް  
  9. ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ  
  10. ފައިނޭންޝަލް އިކޮނޮމިކްސް  
  11. ފައިނޭންޝަލް އިންޖިނިއަރިންގ  
  12. ފައިނޭންޝަލް މެނޭޖްމަންޓް  
  13. ފައިނޭންޝަލް މާކެޓްސް  
  14. ފައިނޭންޝަލް ޕްލޭނިންގ  
  15. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  16. އިސްލާމިކް ފައިނޭންސް  
  17. ޕަބްލިކް ފައިނޭންސް  
  18. ޕަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް  

ޕްރިފަރޑް ޑިސިޕްލިން : -

 

މަޤާމަށް ކޯ ޑިސިޕްލިން:-

 

ގުޅޭ ވަޒީފާގެ ދާއިރާތައް: މާލީ ހިސާބު ބެލެހެއްޓުން ނުވަތަ މާލީ ހިދުމަތްތަކުގެ ދާއިރާއާ ގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (( 10%
  7. އިންޓަރވިއު (% 30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/WoSzfBtVN8CST7UQ8  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 12 އެޕްރީލް 2026 އާއި 23 އެޕްރީލް 2026 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޭޕްރިލް 2026
ހޯދާ