ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމަކާއި ފާޚާނާއެއް އިމާރާތްކުރުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކްލާސްރޫމަކާއި ފާޚާނާއެއް އިމާރާތްކުރުން

މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އެއް ކްލާސްރޫމާއި އެއް ފާޚާނާ އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS103/2015/24 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އެއް ކްލާސްރޫމާއި އެއް ފާޚާނާ އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި އައި.ޑީކާޑުގެ ކޮޕީއެއް ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ.

07 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015
ހޯދާ