ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިމީ ސަބް ކޮމިޓީގެ ތެރެއިން ޤާނޫނީ ތަޢުލީމު ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޤާމުގެ ޝަރުތުތަކާއި މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ދާއިމީ ސަބް ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:

ޤާނޫނީ ތަޢުލީމު ކޮމިޓީ
ބޭނުންވާ ޢަދަދު: 1

އަސާސީ ޝަރުތުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ޤާނޫނީ ތަޢުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ޤާނޫނީ ތަޢުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  2. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުޤައްރަރާއި، ކޯހުގެ މުއްދަތާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި، އެކަމާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  3. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިޞްލާޙު ގެންނަންޖެހޭ ކަންކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  4. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިޙާނުތަކުގެ އެސެސްމަންޓް ހަދައި، އިމްތިޙާނުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  5. ބާ ކައުންސިލުން ޤަބޫލުކުރާނެ މަތީ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާގުޅޭ ގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން؛
  6. ޤާނޫނީ ތަޢުލީމު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމަށް އެދެންވީ ގޮތާއި ހުށަހަޅަންޖެހޭ ތަކެތި:

 

މަޤާމަށް އެދި، އީމެއިލް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެނީ އީމެއިލް މެދުވެރިކޮށްނަމަ، އަންނަނިވި ލިޔެކިޔުންތައް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަނާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛ އަދި
  5. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު.

މަޤާމަށް އެދެނީ  އޮންލައިންކޮށްނަމަ، އެޕްލިކޭޝަން ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަދި ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް އެޕްލިކޭޝަން: Application Form

ސުންގަޑި

މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާ ހަމައަށް އިޢުލާނުގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

01 އޭޕްރިލް 2026
ހޯދާ