ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ ރޭންކް.7 - ސްޓެޕް.1

އިޢުލާނު

 

މަޤާމު:

ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-395366

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު.7 – ސްޓެޕް.1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖުވެނައިލް ހާފްވޭ ހައުސް (ހއ.ހޯރަފުށި)

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

މުސާރަ:

12,261.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5,721.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 155.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖުވެނައިލް ކޯޓުގެ އަމުރުދަށުން ޖުވެނައިލް ހާފްވޭ ހައުސް (ހއ.ހޯރަފުށި) ގައި މަރުކަޒުކުރެވިފައިވާ ކުދިންގެ ކޯޓު އަމުރާއި، އިންޓަރވެންޝަން ޕްލޭން އަދި ޕްރޮސީޖަރ މެނުއަލް އާއި އެއްގޮތަށް ކުދިންނާއިއެކު ވޭދަނައިގެ މަސައްކަތްކުރުން.
  2. ކުށްކުރުން މަދުކުރުމުގެ ގޮތުން މި ޑިޕާޓްމަންޓުންނާއި އެހެނިހެން މުއައްސަސާތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ސެޝަން ނަގާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ޤާނޫނާ ޚިލާފްވާ ކުދިންނާއި ގުޅޭގޮތުން ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ އަޑުއެހުން ތަކުގައި ބައިވެރިވެ މިމަރުހަލާތަކުގައި ކުދިންނަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް އެކުލަވާލުން.
  4. އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެކުއްޖެއްގެ ރަށަށް ދާންޖެހިއްޖެ ހާލަތެއްގައި ދިއުމާއި އަދި ކުއްޖާއާއި އާއިލާގެ ހާލަތު ދެނެގަނެ ޕްރޮސީޖަރ މެނުއަލްއާއި އެއްގޮތްވާގޮތުގެ މަތިން ވޭދަނައިގެ މަސައްކަތްކުރުން.
  5. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖުވެނައިލް ކޯޓުގެ އަމުރުދަށުން ޖުވެނައިލް ހާފްވޭ ހައުސް (ހއ.ހޯރަފުށި) ގައި މަރުކަޒުކުރެވިފައިވާ ކުދިންގެ މައްސަލަތަކުގައި ކުދިން ޝަރުޢީ ނިޒާމުން ބޭރުން ހިންގާ ބަދަލު ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައި މިކުދިންނަށް ޕްރޮގްރާމް ނިންމުމަށް ބޭނުންވާ އެހީތެރިކަންދީ މޮނިޓަރކޮށް ކަމާބެހޭ މުވައްސަސާތަކާއި ހިއްސާކުރުން.
  6. ޑިއުޓީ ތާވަލާއި އެއްގޮތަށް ޑިއުޓީގައި މަސައްކަތްކުރުން. އަންނަ ފޯން ކޯލްތަކަށް އެޓެންޑްވުމާއި އެއްވެސް މުއައްސަސާއަކަށް ހާޒިރުވާންޖެހިއްޖެނަމަ ހާޒިރުވެ މަސައްކަތްކުރުން.
  7. ޑިޕާޓްމަންޓަށް ހުށަހެޅޭ ކުދިންގެ ތެރެއިން ޖުވެނައިލް ހާފްވޭހައުސްއަށް އެލޮކޭޓް ކުރެވޭ ހުރިހާ ރިފަރަލްތަކުގައި ވޭދަނައިގެ މަސައްކަތްކުރުމަށްފަހު ކްލައިންޓުންގެ މައުލޫމާތު ކޭސް ޓްރެކިންގްއަށް އަޕްޑޭޓް ކުރުން، އަދި ކޯޓަށް ހާޒިރުވުމަށްފަހު ކޯޓް އަމުރު އަޕްޑޭޓްކުރުން، ވޭދަނައިގެ މަސައްކަތްކުރުމަށްފަހު ކޭސްވޯރކް ސްޓެޓިސްޓިކްސް އަޕްޑޭޓް ކުރުން
  8. ސްޕަރވިޝަން ސެޝަންތަކުގައި ބައިވެރިވުން އަދި ކޭސްތަކާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމުމުގައި ސްޕަވައިޒަރާއި މަޝްވަރާ ކުރުމަށްފަހު ގޮތެއްނިންމުން. އަދި އެމައުލޫމާތު ފައިލްގައި ލިޔުން.
  9. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖުވެނައިލް ކޯޓުގެ އަމުރުދަށުން ޖުވެނައިލް ހާފްވޭ ހައުސް (ހއ.ހޯރަފުށި) ގައި  މަރުކަޒުކުރެވިފައިވާ ކުދިން ކުށް ކުރުމުން ދުރުހެލިކުރުމަށް ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކާއި އަދި އެހެނިހެން އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗެލރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

  1. އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  2. އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  3. ބިހޭވިއަރަލް ހެލްތް ސައިންސް  
  4. ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  5. ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  6. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  7. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  8. ޗައިލްޑް އެންޑް ކޮމިއުނިޓީ  
  9. ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  10. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  11. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  12. ޗައިލްޑް ވެލްފެއަރ ވަރކް  
  13. ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  14. ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  15. ކައުންސެލިންގ  
  16. އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  17. ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  18. ފެމިލީ ސްޓަޑީޒް  
  19. ފެމިލީ ތެރަޕީ  
  20. ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  21. ޖުވެނައިލް ޖަސްޓިސް  
  22. މެރިއޭޖް އެންޑް ފެމިލީ  
  23. މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  24. މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  25. ސައިކޮލޮޖީ  
  26. ސޯޝަލް ސަރވިސަސް  
  27. ސޯޝަލް ވޯރކް  
  28. ސޯޝިއޮލޮޖީ  
  29. ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

މަޤާމުގެ މަސައްކަތު ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެޕް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ، އެ ބައިވެސް ހިމެނުން) މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 12 އޭޕްރީލް 2026 އާއި 23 އޭޕްރީލް 2026 އާ ދެމެދުގެ ތާރީޚެއްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު"   (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 އޭޕްރިލް 2026
ހޯދާ