މަޤާމު
|
އިންޓަރނަލް އޮޑިޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- ބަޖެޓް ނުވަތަ ފިނޭންސްގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަން އިންޓަރނަލް އޮޑިޓް ކުރުން.
- އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އިންޓަރނަލް އޮޑިޓްގެ ރިޕޯޓް ތައްޔާރުކުރުން.
- އޮޑިޓް ކުރުމުގައި ބޭނުންކުރާ އިޖުރާޢަތުތައް ޑްރާފްޓްކޮށް މުޠާލިޢާ ކުރުން. އަދި ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން.
- މި މިނިސްޓްރީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލްތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖުރާޢަތުތައް މުރާޖިޢާ ކުރުން.
- އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭންތައް ހެދުމާއި، އިންޓަރނަލް އޮޑިޓް އަދި ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، ތައްޔާރު ކުރުން.
- ފުރިހަމަ ކުރެވުނު އިޖުރާޢަތުތަކާ ގުޅޭގޮތުން އޮޑިޓުން ނެގޭ ފޮޓޯކޮޕީ (ވައުޗަރު/ރިސިޓު ނުވަތަ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން)
- އޮޑިޓް ކުރުމުގެ ބައިނަލްއަޤުވާމީ މިންގަނޑު (އިންޓަރނޭޝަނަލް އޮޑިޓިންގ ސްޓޭންޑަރޑް) ތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރުމާއި އެފަދަ މިންގަނޑުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރުން. އަދި އޮފީހުން ރަސްމީގޮތުންނާއި ނުރަސްމީ ސިފައެއްގައި ހިންގާ ޕްރޮގްރާމްތަކާއި، ތަޢުލީމު ލިއްބައިދޭ ޕްރޮގުރާމުތަކުގައި ބައިވެރިވުން.
|
މަޤާމު
|
ކޮމްޕިއުޓަރ ޕްރޮގްރާމަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:MS2
|
މުސާރަ
|
މަހަކު -/6295
|
ސަރވިސް އެލަވަންސް
|
މަހަކު -/2000
|
މަސައްކަތް ކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ އައި.ޓީ ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- 1. ކޮމްޕިއުޓަރ ޕްރޮގްރާމިންގ / ސޮފްޓްވެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން ނުވަތަ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ / ސޮފްޓްވެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާނެ ސޮފްޓްވެއަރ އަދި މިނިސްޓްރީގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
- ފަރުމާކުރެވޭ ސޮފްޓްވެއަރ އެޕްލިކޭޝަންސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސޮފްޓްވެއަރ / އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތައް ކަމަށްވާ މިނިސްޓްރީގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާއާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
- ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
- އެޕްލިކޭޝަނާއި ޑޭޓާބޭސްތައް މިމިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ޑިސެންޓްރަލައިޒް ކުރަންޖެހިއްޖެނަމަ، އެކަން ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުން.
- ސިސްޓަމް ފަރުމާކޮށް ޓެސްޓްކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭވަރުގެ ޤާބިލުކަން ހުރުން.
- މިނިސްޓްރީގެ ނެޓްވާރކް އަދި ސާވަރތަކުގެ މަސައްކަތްތައް، އެކަންކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ވެރިންގެ މަޝްވަރާއާއެކު ހިންގައި ބެލެހެއްޓުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން އައި.ޓީ އާ ބެހޭ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް އެހީ ފޯރުކޮށްދިނުން.
- އޮފީހުގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި ހާޑްވެއަރތައް ރިސާޗް ކުރުމާއި ހޯދައި ލަފާއެރުވުން
- އައިޓީ ރިކޯޑު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން. އަދި ގަވާއިދުން އައިޓީ ކަންކަން އަޕްޑޭޓްކުރުމާއި، އައިޓީގެ ހުރިހާ ހާޑްވެއަރ އަދި ސޮފްޓްވެއަރތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
- އައި.ޓީ ޕޮލިސީ ހިނގާގޮތް ބެލުމާއި، ސްޕަވައިޒަރުންނަށް ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ދިނުމާއި، އެކަންކަން ބެލެހެއްޓުން.
|
މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:
|
- VB.NET ، ASP.NET ، PHP ,ފC#، ފަދަ ލޭންގްއޭޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
- MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
- T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކްއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
- ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކެޝަން: އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:GS4
|
މަސައްކަތް ކުރަންޖެހޭތަން
|
މަހަކު -/5020
|
މުސާރަ
|
މަހަކު -/1500
|
ސަރވިސް އެލަވަންސް
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕްރޮކިއުމަންޓް
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ތަންތަނަށް ބޭނުންވާ ލިޔެކިޔުމަށް ބޭނުންކުރާ ތަކެއްޗާއި، އަދި އެހެނިހެން ތަކެތި ހޯދުމަށް ގެންނަ "މުދަލާއި ޚިދުމަތަށް އެދޭ ފޯމު" ބަލައިގަތުމާއި، މިނިސްޓްރީއާއި، މިމިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ހޯދާ ތަކެތި ނެގުމުގެ ކުރިން 3 ފަރާތަކުން ކޯޓޭޝަންތައް ހޯދާ ބަޖެޓުން އެ ޚަރަދުކުރެވެން ހުރިކަމަށް ބަޖެޓްގެ ވެރިޔަކު ލައްވައި ސޮއިކުރުމަށްފަހު ތަކެތި ހޯދުމާއި، މިނިސްޓްރިއާއި މިމިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ސްޓޮކް އެންޑް އެސެޓްސް ޔުނިޓުން ލިބޭ ލިޔުންތައް ބަލައިގަނެ ތަކެތި ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ޕީ.އޯ ފޯމު ހަދައި ތަކެތި ނެގުމުގެ މަސައްކަތްތައް ކުރުމާއި، މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް ހޯދަންޖެހޭ ތަކެތި ފިހާރައިން ގެނެސް ސްޓޮކް އެންޑް އެސެޓްސް ޔުނިޓާ ހަވާލުކުރުން.
- ސެކްޝަނުގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ލިބޭ ރިކުއެސްޓް ފޯމްތައް ގަވާއިދުން ފައިލުކޮށް ބެލެހެއްޓުމާ ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން ފައިލުކުރަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކޮށް ގަވާއިދުން ބެލެހެއްޓުން.
- ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި، އެކިއެކި ފަރާތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓް، މެމޯ ފަދަ ލިޔުން ސެކްޝަންގެ އިދާރީ ލިޔެކިޔުމާބެހޭ އެންމެހައި ކަންކަން ސެކްޝަން ހިންގެވުމާ ހަވާލުވެހުންނަވާ އިސްވެރިއަކު އަންގަވާ ގޮތެއް މަތީން ކުރަމުން ގެންދިއުން.
- މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އިޢުލާން ކުރުމާއި، އިޢުލާން ކޮށްގެން ހޯދާ ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ ގޮތުން ބާއްވަންޖެހޭ ބިޑް މީޓިންގތައް ބޭއްވުން.
- ޓެންޑަރ ކޮމިޓީ މީޓިންގ ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އިޢުލާންކޮށްގެން ލިބޭ ބިޑްތައް އިވެލުއޭޓް ކުރުމާއި އެޖެންޑާ ތައްޔާރު ކުރުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކަމާގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
- އެކި ފަރާތްތަކާއި މިމިނިސްޓްރީއާ ދެމެދު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި ޕްރޮކިއުމަންޓް ޔުނިޓް މެދުވެރިވެގެން ހޯދައި ޚިދުމަތްތަކާ ގުޅިގެން ހުށަހެޅޭ ބިލްތައް އެއާގުޅޭ ޑޮކިއުމަންޓްސްތައް ހަމަކޮށް އެކައުންޓްސް ސެކްޝަނާ ހަވާލުކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް ޢަމަލުކުރުން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން
|
ސުންގަޑި
|
2015 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގިފިލާގައި. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
|