އިޢުލާން
ވަޒީފާގެ ފުރުޞަތު:
|
ތިރީގައި މިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އޮޕަރޭޝަންސް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
ޢިނާޔަތްތައް
|
-/12،000 ރުފިޔާއާއި -/17،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މާލޭގެ ކުނި މެނޭޖްކުރުމަށް ހިންގާ އެންމެހައި މަސައްކަތްތައް ހިނގާ ސައިޓްތަކަށް ގޮސް މަސައްކަތްތައް ހިނގާ ނުހިނގާތޮތް ގާތުން ބަލައި ސުޕަވައިޒްކުރުން.
- ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޑިއުޓީ ތާވަލު ތައްޔާރުކޮށް، ތާވަލާ އެއްގޮތަށް މަސައްކަތްތައް ދޭތޯ ބެލުން.
- ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަންގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ މަސައްކަތްތަކަށް ބޭނުންވާ ރިޕޯޓުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން.
- އޮފީހުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި
|
- އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ކޯޕަރޭޝަންގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
|
ސުންގަޑި
|
2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުން.
|
އިންޓަވިއު
|
- އިންޓަވިއުއާއި އިމްތިޙާންކުރުން 27 ޑިސެންބަރު 2015 އާއި 31 ޑިސެންބަރު 2015 އާ ދޭތެރޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއު ކުރެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަންގެ ނަންބަރު 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
6 ރަބީއުލްއައްޥަލް 1437
|