ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލުން ކުރެވުނު އިޢުލާން ނަންބަރު: GS216/2015/34 (04 ނޮވެންބަރު 2015) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކުރި އިޢުލާން ނަންބަރު: GS216/2015/38 (26 ނޮވެންބަރު 2015) އާ ގުޅިގެންވެސް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ތިންވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް ޙަވާލުކުރާ ފަރާތް ކަނޑައެޅުމަށް ޕޮއިންޓް ދޭ މިންގަނޑުތައް
މަސައްކަތުގެ އަގު: %80
ތަޖުރިބާ: % 10
މުއްދަތު: % 10