ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޞިއްޙީ ވުޒާރާ
މާލެ، ދިވެހިރާއްޖެ
(IUL)182-Enf/182/2026/21 :ނަންބަރު
އިޢުލާން
ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން މިއޮތޯރިޓީން ކުރިއަށްގެންދާ "މާކެޓް ސާވައިލަންސް" މަސައްކަތުގެ ދަށުން، 2025 ވަނަ އަހަރުވެސް ރާއްޖޭގެ މާރކެޓުން ރެންޑަމްކޮށް ބޭހުގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްކުރިއަށް ގެންދެވުނެވެ. މިގޮތުން، އޮތޯރިޓީގެ އަހަރީ ސާމްޕްލިންގ ޕްލޭންގައި ހިމެނޭ ބޭސްތަކުގެ އިތުރުން، އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކޮލިޓީއާ ގުޅުންހުރި ޝަކުވާތަކަށް ރިއާޔަތްކޮށް ބައެއް ބޭސްތައް ވަނީ ތަހުލީލުކުރެވިފައެވެ. 2025 ވަނަ އަހަރުގެ ތެރޭގައި ޓެސްޓްކުރެވުނު ޖުމްލަ 271 ބޭހުގެ ތަފްސީލީ މަޢުލޫމާތު މި އިޢުލާނާއެކު އާންމުކުރީމެވެ.
މީގެއިތުރުން، 2025 ގެ ތަހުލީލުތަކުގެ މައްޗަށް ބިނާކޮށް ބޭހުގެ ރިސްކް ކެޓަގަރީތައް އިތުރަށް މުރާޖަޢާކުރުމަށްފަހު، 2026 ވަނަ އަހަރަށް އެކުލަވާލެވޭ ސާމްޕްލިންގ ޕްލޭންގެ ދަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.
މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުން ދެއްވާ ފުރިހަމަ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވަމެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ދިވެހި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވި، ބޭހުގެ ނިޒާމަށް އޮންނަ އިތުބާރު އިތުރަށް ހަރުދަނާވެގެންދާނެކަމަށް މި އޮތޯރިޓީން ދެކެމެވެ.
