ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ލަރނިންގ ސެންޓަރުގެ ސެކިއުރިޓީ 02 (ދޭއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ލަރނިންގ ސެންޓަރުގެ ސެކިއުރިޓީ 02 (ދޭއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 09 އޭޕްރިލް 2026 ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 12 އޭޕްރިލް 2026ވާ އާދިއްތަ ދުވަހުގެ 10:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
ބީލަން ހުށަހަޅާއިރު، ބީލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 12،000ރ (ބާރަހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް 90 ދުވަހުގެ ވެލިޑިޓީއާއި އެކު ހުށަހަޅަންވާނެއެވެ. އަދި މި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ މުޅި ޖުމްލަ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %2 އެވެ.
12 ޝައްވާލް 1447
