|
މަޤާމް:
|
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-437556
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ
|
|
ސެކްޝަން/ޔުނިޓް:
|
ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ސެކްޝަން / ޕްރޮކިއުމަންޓް ޔުނިޓް
|
|
މުސާރަ:
|
މަހަކު 9,845.00 ރުފިޔާ
|
|
މަޤާމްގެ އެލެވަންސް:
|
މަހަކު 4,595.00 ރުފިޔާ
|
|
ހާޒިރީ އެލަވްނަސް:
|
ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް 125.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީ އާއި، މިނިސްޓްރީ ދަށުން ހިންގާ އިދާރާތަކަށް ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށް އިޢުލާން ތައްޔާރުކޮށް ގެޒެޓް ކުރުމާއި، އިޢުލާނާ ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި، އިޢުލާނާ ގުޅޭ ޗެކްލިސްޓް ފުރިހަމަކޮށް ބިޑްތައް ބަލައިގަތުން.
- ބިޑް އިވެލުއޭޝަން ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ބިޑު އިވެލުއޭޝަން ރިޕޯޓް އެންމެ ލަސްވެގެން 2 ދުވަސް ތެރޭގައި ތައްޔާރުކޮށް މެމްބަރުންގެ ސޮއިހޯދުން އަދި ބިޑް ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ ކަންކަން ހަމަޖައްސައި ބިޑް ކޮމިޓީ ބޭއްވުމާއި، ބިޑް ކޮމެޓީގެ ޔައުމިއްޔާ ބިޑް ނިންމާތާ އެންމެ ލަސްވެގެން 3 ދުވަސް ތެރޭގައި ލިޔެ މެމްބަރުން ލައްވައި ސޮއިކުރުވުމަށްފަހު ބިޑް ޑޮކިއުމެންޓްތައް ފުރިހަމަކޮށް، ބިޑް ތަކުގެ މަޢުލޫމާތު ބަނޑޭރި ޕޯޓަލް އަށް އެޅުން.
- ބިޑް ކޮމިޓީ ބޭއްވުމަށްފަހު އަންދާސީ ހިސާބު ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ބިޑް އިވެލުއޭޝަން ސަމަރީ ޝީޓް ފޮނުވައި ޝަކުވާއަށް މުއްދަތެއް ދިނުމަށްފަހު، ލިބޭ ޝަކުވާތަކަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޖަވާބުދިނުން، އަދި ޝަކުވާއެއް ލިބިފައި ނުވާނަމަ، ފޯމު ސެޓް ތައްޔާރުކޮށް ބަނޑޭރި ހުއްދައަށް ފޮނުވުން، އަދި މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ލިބުމުން ބިޑް އެވޯޑް ކޮށްފައިވާ ފަރާތަށް އެވޯޑް ލެޓަރ ފޮނުވުން.
- ބިޑް އެވޯޑް ކުރި ފަރާތަށް އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ރަސްމީ ދެ ދުވަސް ތެރޭގައި އެގްރިމަންޓް ތައްޔާރުކޮށް ކޮމެންޓަށް ފޮނުވުމަށް ފަހު، ރަގަޅުކުރަންޖެހޭ ކަމެއް ވާނަމަ ލީގަލް ސެކްޝަންގެ ލަފާގެ މަތިން އިސްލާހުކޮށް ސޮއި ހޯދުން.
- އެކިއެކި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ވޯކް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްތައް ނިންމާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް ބިލްތައް ހުށަހެޅުމުންދޭތޯ ބަލައި ޗެކްކުރުން އަދި ލަސްވާނަމަ އެކަން އެފަރާތްތަކަށް އެންގުން.
- އެގްރީމެންޓްކޮށްގެން ކުރިއަށްގެންދަންޖެހޭ ޚިދުމަތާއި މަސައްކަތްތަކުގެ އެގްރިމަންޓް ހެދުމާއި އެގްރިމަންޓާއި އެއްގޮތަށް ޚިދުމަތާއި މަސައްކަތް ނިންމިކަން ޔަގީންކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
- ޕްރޮކިއުމެންޓް ހަވާލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން ސަރުކާރު ގެޒެޓްގައި ޝާއިރުކުރުން.
- މުދަލާއި ޚިދުމަތް ހޯދުމަށް އަންނަ ރިކުއެސްޓްތަކާއި ގުޅިގެން، ތައްޔާރުކުރެވޭ ޕީއޯ އާއި އެއްގޮތަށް މުދަލާއި ޚިދުމަތް ބަލައިގަނެ، ރިކުއެސްޓްކުރި ސެކްޝަނަށް މުދާ ލިބުނުކަން ކަށަވަރުކުރުން.
- ޕްރޮކިއުމަންޓް ސެކްޝަންގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މިނިސްޓްރީގެ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިޔުން.
- ސެކްޝަނުގެ ދުވަހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު އަދާހަމަކުރުމާއި، ސެކްޝަންގެ މަންތްލީ ރިޕޯޓް ތައްޔާރުކުރުމާއި މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބެނުންވާ ޕްރޮކިއުމަންޓް ސެކްޝަނުގެ މައުލޫމާތު އެޑްމިން ސެކްޝަނަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
- އެގްރީމެންޓް ރަޖިސްޓްރީ، ޕީ.އޯ ރަޖިސްޓްރީ، އެސެޓް ރަޖިސްޓްރީއަށް އަޅަންޖެހޭ މައުލޫމާތުތައް އަޅާ އަދާހަމަކުރުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލްތަކަށް ފައިސާދެއްކުމުގެ ކުރިން ޑޮކިއުމަންޓްތައް ހަމަކޮށް، އެންޓްރީކުރުވުމާއި، ބަޖެޓް ސެކްޝަނަށް ބިލްތައް ޙަވާލުކުރާމާއި، ބިލްތަކާ ގުޅޭ އެންމެހާ ލިޔުންތައް ގަވާއިދުން ކަމާގުޅޭ ފޯލްޑަރތަކުގައި ސޭވްކޮށް ރެކޯޑް ބެލެހެއްޓުން.
- ސެކްޝަނަށް އަންނަ ސިޓީ، މެމޯ، ނޯޓް އީމެއިލްތަކަށް ސެކްޝަންގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން ޖަވާބު ފޮނުވުމާއި ލިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ ޕީއޯ އަދި އެސެޓް ތަކުގެ ފޯމު ސެޕް ސިސްޓަމަށް އެޓޭޗްކޮށް އަޕްލޯޑް ކުރުމާއި ޖެމްސް އިން ނަންބަރު ނަގާ ސިޓީ، މެމޯ، ނޯޓް، ފޯމް ފަދަ ލިޔުންތައް ޖެމްސްގައި އެޓޭޗްކުރުން.
- ޕީ.އޯ ރަޖިސްޓްރީ އާއި އިޢުލާން ރަޖިސްޓްރީ އަދި ބިޑާއި ގުޅޭ ކަންކަމަށް ވަކި ރަޖިސްޓްރީއެއް ތައްޔާރުކުރުމަށްފަހު ބިޑް ސެކިއުރިޓީ، ޕާރމޯމަންސް ސެކިއުރިޓީ، ރިޓެންޝަން ފައިސާގެ މައުލޫމާތު ހިމެނޭހެން މައުލޫމާތުތައް އަޅާ އަދާހަމަކުރުން.
- ކޮންމެ ކުއާޓާރ އެއްގައި ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް، ފައިނޭންސް ސެކްޝަންނަށް ފޮނުވޭ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަގަކޮށް ނުފޮނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާ އަށް ފޮނުވުން.
- ޕްރޮކިއުމަންޓްގެ މަސައްކަތަކާއި ގުޅިގެން ސަރުކާރުގެ އިދާރާއަކަށް ޙިއްސާ ކުރަންޖެހޭ މަޢުލޫމާތުތައް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ފޯރުކޮށްދިނުމާއި އޮންނަ އުސޫލުތަކުގެ ތެރެއިން ޙިއްސާކުރަންޖެހޭ ލިޔުންތައް ފޯރުކޮށް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުން.
- ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިއަށްދަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އިކޮނޮމިކްސް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ސަޕްލައި ޗެއިން މެނޭޖްމަންޓް
- ފައިނޭންސް
- ލޯ
- އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕާޗޭސިންގް
- ކޮންޓިޓީ ސާވޭއިންގް
|
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ބީލަމާބެހޭ މަސައްކަތްތައް
- ވިޔަފާރީގެ މުޢާމަލާތްތަކުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- މާލީ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށްއެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު،ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިމްތިހާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2026 އެޕްރީލު 13 އާއި، 2026 އެޕްރީލު 30 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން.
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|