މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މުދިމު (ބަންޑާރަކޮށި މިސްކިތު)

މަގާމު:

މުދިމު  (ބަންޑާރަކޮށި މިސްކިތު)

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު: 8,295.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު: 2,560.00 ރުފިޔާ

ހާޒިރީ ޢިނާޔަތް (ނަމާދަކަށް):

ފަތިސް: 55.00 ރުފިޔާ، މެންދުރު: 30.00 ރުފިޔާ، ޢަޞުރު: 30.00 ރުފިޔާ، މަޣްރިބު: 30.00 ރުފިޔާ، ޢިޝާ: 30.00 ރުފިޔާ

ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް:

އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމާއި ތަޖުވީދުމަގުން ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލުވެފައިވުން.

ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ

މަރުކަޒީ އިދާރާއިން ނުވަތަ މަގާމުގެ މަސައްކަތާގުޅޭ ދައުލަތުގެ ވުޒާރާއަކުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުން.

ވަޒީފާގެ މައިގަނޑު މަސައްކަތްތައް:

1- ކޮންމެ ނަމާދުވަގުތެއްގެކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކޮށް ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.

2- މިސްކިތަށް ލިބޭ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.

3- އެމް.އެން.ޑީ.އެފް އިން އެއިރަކު ހަމަޖައްސަވާ މިސްކިތެއް، ފޮޅާ ސާފުކޮށް ބެލެހެއްޓުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 އެޕްރީލް 8 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

12 ޝައްވާލު 1447

31 މާރިޗު 2026
ހޯދާ