މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ވުޒާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްސް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރިލް 2026 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 10:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

 

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

31 މާރިޗު 2026
ހޯދާ