ދިވެހިރާއްޖެ
މި އޮފީހުން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް ހައިބްރިޑް އަރކައިވް ކޭސް އަދި ސީ.ސީ.ޓީވީ ރެކޯޑިންގ ސްޓޯރޭޖް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމާއެކު އިންޓަގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ބީލަމުގައި ރެޖިސްޓަރީވުން: 07 އެޕްރީލް 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.office.com/r/78wHspeY33
- ބީލަން ހުށަހެޅުމާއި ހުޅުވުން: 08 އެޕްރީލް 2026، 10:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 08 އެޕްރީލް 2026، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.
12 ޝަޢްވާލް 1447
