ދިވެހިރާއްޖެ
(IUL)38-AC/38/2026/163 :ނަންބަރު
އިޢުލާން
މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2026/152 އާއި ހަވާލާދީ ދަންނަވަމެވެ. 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށި
|
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ކޯޑު |
# |
|
ލ. ގަން، ގަން އިޖްތިމާޢީ މަރުކަޒު، ހޯލު |
މި ފޮއްޓަށް ވޯޓުލާނީ ގަމު ތުނޑީއަވަށު މީހުންނާއި މިފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ލ. ގަން-1 |
O5.1 |
237 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
